Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

ގެސްޓްހައުސްއެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ މަގުމަތިގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: މިހާރު

މާލޭގެ ގެސްޓްހައުސްއެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހިންގާ ގެސްޓްހައުސްއެއްގައި ފާހަނާގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު މެންދުރު 14:04 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގޭ، އަބްދުﷲ ޒަކީ ،59، އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.