Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

ޕަމްޕު ސްޓޭޝަނަށް ލިބުނު ގެއްލުން ހައްލުކޮށްފި

މާލޭގެ މާފަންނު ސަހަރާގައި ހުރި ވޯޓާ ސްޓޯމް ފެން ޕަމްޕް ސްޓޭޝަނަށް ލިބުނު ގެއްލުން ހައްލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާފަންނު ސަހަރާގައި ބަހައްޓާފައިވާ ސްޓޯމް ވޯޓާ ޕަންޕް ސްޓޭޝަނަށް ލިބިފައިވާ ގެއްލުން، މިއަދު، އާރްޑީސީ އާއި ސްޓެލްކޯގެ އެހީތެރިކަމާއެކު އަލުން އޮޕަރޭޝަނަލައިޒް ކުރެވި ވަގުތީ ޙައްލެއް ގެނެވިފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް ކުރިއިރު މާލޭ ހުޅަނގު އުތުރު ސަރަހައްދުތަކުން ފެން ހިންދަން ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށާއި މިކަން މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށެވެ.

މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ރޭ މާލެ އަށް ކުރި ވިއްސާރައިގައި ވެސް މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. އެމްއެންޑީއެފް އިން ބުނީ މާލޭގެ 7 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން މިހާތަނަށް 18،201 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.

އަދި ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.