Last Updated: May 10, 17:36
Saturday, May 10, 2025
ޚަބަރު

މިފްކޯގެ ސީއެފްއޯ އިސްތިއުފާ ދީފި

މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީފްއެފްއޯ) އިލްޔާސް ހަނީފު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭނަ އިސްތިއުފާ ދެއްވީ އެހެން ވަޒީފާއަކަށް ބަދަލުވުމަށްޓަކަ އެވެ..

މިފްކޯގެ ސީއެފްއޯގެ މަގާމުން އިލްޔާސް އިސްތިއުފާ ދެއްވި އިރު، އެ ކުންފުނީގެ މިހާރުގެ ސީއީއޯ އަކީ ޔޫކްރެއިންގެ ޑރ. ވިތާލީ ލުބިމޮފް އެވެ.

އެ މަގާމަށް އޭނަ އައްޔަންކުރީ މިދިޔަ މަހުގެ 9 ގަ އެވެ.

އޭގެ ފަހުން ޕީސީބީން ވަނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހުންނެވި، އަހުމަދު ޝަރީފް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ބަދަލުކޮށްފަ އެވެ.