Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ޑްރަގް މައްސަލައެއްގައި ފުވައްމުލަކު މީހަކު ހައްޔަރަށް

މާލެ އާއި ހުޅުމާލޭގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި އެ ކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުވައްމުލަކު ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ފުވައްމުލައް، ފުނާޑު، ފިނިފެންމާގޭ، އަހުމަދު ޝަޢުބާން ލަޠީފް، 26، އެވެ.

ފުލުހުން ބުނީ އާދީއްތަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނައާ ގުޅުންހުރި ކަމަށް ބެެލެވޭ ހުޅުމާލެ ފޭސް ދެ ގެ އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1،058.31 ގްރާމެވެ.

މި މައްސަލައާ ގުޅިގެން ޝަޢުބާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.