ކަސްޓަމްސް އިން ހިފަހައްޓާނީ ގާނޫނުން ރާއްޖެ އެތެރެކުރުން މަނާ ތަކެތި ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިހެން ބުނީ ރާއްޖެ ގެނައި ރޯލިން ޓޮބޭކޯ ޝިޕްމަންޓުތަކެއް ކަސްޓަމްސް އިން ހިފަހެއްޓުމަށްފަހު ދޫކޮށްލި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ހަބަރުތަކާއި ގުޅިގެންނެވެ.
އެކަމާ
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއަކީ ތަންފީޒީ އިދާރާއެއްކަމަށްވާތީ ކަސްޓަމްސް އިން ހިފަހައްޓާނީ ޤާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ.
އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއް ވެސް ކްލިއާ ކުރާ މަރުހަލާގައި، ކަސްޓަމްސް އިން ބަލަންޖެހޭ އެކި އެކި ބެލުންތައް ބެލުމަށްފަހު، އެ މުދަލެއް ޤާނޫނީ ގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެ މުދަލެއް ދޫކުރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް މިދިޔަ ނޮވެމްބަރު މަހު ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފަ އެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކުރުން މަނާ ކަމަށް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.