Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

އާސަންދައިގެ ދަށުން 2،180 މީހުން ހެލްތު ޗެކަޕް ހަދައިފި

އާސަންދައިގެ ދަށުން 2،180 މީހުން ހިލޭ މެޑިކަލް ޗެކަޕް ހައްދައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަޕް ޗެކަޕް ހެދުމުގެ ފުރުސަތުގެ ތެރެއިން، މިހާތަނަށް 2،180 މިީހުން ޗެކަޕް ހަދާފައިވާ ކަމަށެވެ.

އާސަންދަ މެދުވެރިކޮށް ދިވެހިންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން އާސަންދައިގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ވަނީ ހަމަޖައްސާފަ އެވެ.