ދެހާސް ތޭވީސް ވަނަ އަހަރު ސްވިޑްންގައި ކީރިތި ޤުރުއާން އެންދި މީހާ މަރާލައިފި އެވެ.
މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްވަން މޯމިކާ ކިޔާ 38 އަހަރުގެ މީހާ މަރާލާފައި އޮއްވައި އިއްޔެ ފެނުނީ ސްވެޑްންގެ ވެރިރަށް ސްޓޮކްހޯމްގެ އެޕާޓްމަންޓެއްގަ އެވެ.
ބަޑިން ހަމަލާދީ އޭނަ މަރާލި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަގެ ގަޔަށް ބަޑި ޖަހާފައި ވަނީ އެޕާޓްމަންޓްގައި ލައިވްސްޓްރީމެއްގައި އުޅެނިކޮށެވެ.
މޯމިކާ އަކީ އިރާގަށް ނިސްބަތްވާ މީހެކެވެ.
އޭނަ ދެހާސް ތޭވީހުގައި އެތައް ފަހަރެއްގެ މަތިން ޤުރުއާން އަންދައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވެ އެވެ. އެކަމާ ގުޅިގެން މުސްލިމު ވަރަށް ގިނަ ގައުމުތަކުން އެކަން ކުށްވެރިކޮށް ސްވިޑްން އިން މޯމިކާ އަށް ހަރުކަށި ފިޔަވަޅު އަޅަން ވެސް ގޮވާލި އެވެ.