Last Updated: July 27, 10:14
Saturday, July 27, 2024
ކުޅިވަރު

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި ކުރިޔަށްގެންދާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި ތިން އުމުރުފުރާ އެއްގައި ކުޅުންތެރިން ވާދަކުރެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އުމުރުފުރަ އެވެ.

އެގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗްގައި ހިތަދޫ ސްކޫލް އާއި ފޭދޫ ސްކޫލް ބައްދަލު ކުރި 13 އަހަރުން ދަށުގެ މެޗް 4-2 ލަނޑުން ކާމިޔާބް ކުރީ ހިތަދޫ ސްކޫލެވެ.

މި މުބާރާތުގެ މެޗުތައް ކޮންމެ ދުވަހަކު ހަވީރު ކުރިޔަށްގެންދާއިރު މުބާރާތުގެ ފުރަތަމަ ދުވަހު ކުރިޔަށްގެންގޮސްފައި ވަނީ 13 އަހަރުން ދަށުގެ މެޗުތަކެވެ.

ހިތަދޫ ސްކޫލް،ޝަރަފުއްދީން ސްކޫލް، ނޫރާނީ ސްކޫލް، މަރަދޫ ސްކޫލް، މަރަދޫފޭދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް،ފޭދޫ ސްކޫލްގެ އިތުރުން އައްޑޫހައި ސްކޫލުން ވެސް މުބާރާތުގައި ބައިވެރިވެއެވެ.