އިދިކޮޅު އެމްޑީޕީގެ މުޒާހަރާތައް ރޯދަ މަހުގެ ފަހު 10އަކަށް މެދުކަނޑާލައިފި އެވެ.
އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ފެށީ މި މަހުގެ ތެރޭގަ އެވެ. އެ މުޒާހަރާތަކުގައި އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާ އަށާއި އަދި މި ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.
އެމްޑީޕީން މުޒާހަރާތައް މެދުކަނޑާލާފައިމިވަނީ އެ ޕާޓީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެ ހަރަކާތްތައް އިތުރަށް އެގޮތަށް ކުރިއަށް ގެންދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިންޒާރުދީފައިވަނިކޮށެވެ.
މުޒާހަރާތަކާއި ގުޅިގެން އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ފުލުހަށް ހާޒިރުކޮށް އަންނަނީ ބަޔާން ވެސް ނަގަމުންނެވެ.