Last Updated: May 16, 07:53
Friday, May 16, 2025
ޚަބަރު

އުމްރާ އަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ ޒަމްޒަމް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސައީދާ ކަމަށެވެ.

މި ރޯދަ މަހާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައިވެ އެވެ.