Last Updated: May 15, 21:14
Thursday, May 15, 2025
ޚަބަރު

ސިނގިރޭޓް ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރުމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23 އ) އެވެ. އައިހަމްގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.

ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރުމުގެ ތުހުމަތުގައި އާންމު މީހަކާއި ފުލުހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލާފަ އެވެ.

ފުލުސް މީހާގެ މައްސަލަ ބަލަމުންދާތީ އޭނާ ވަޒީފާ އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.