Last Updated: May 16, 01:00
Friday, May 16, 2025
ޚަބަރު

75 ފުޅި ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ އުފުލި ވޭނެއް ހުއްޓުވާ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޑްރައިވަރު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ވޭނެއްގައި ބަނގުރާ އުފުލާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލެ ރީތިގަސް މަގުން އެ ވޭން ހުއްޓުވައި ބަލާ ފާސްކުރިއިރު ބަނގުރާ އަޅާފައިވާ 75 ފުޅި ފެނުނު ކަމަށެވެ.

އެ ވޭން ދުއްވީ އުމުރުން 37 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށްވާއިރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބަނގުރާ އަޅާފައި ވަނީ ފެން ހުސްކުރި 500 އެމްއެލްގެ ފުޅިތަކަކަށެވެ.