Last Updated: May 4, 06:02
Sunday, May 4, 2025
ޚަބަރު

އައްޑު އާއި ފުވައްމުލަކަށް ވައިޓް އެލާޓް

ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މި އެލާޓް ނެރެފައިވަނީ ހެނދުނު 10:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ދެކުނުގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާ ގުޅިގެން ދެކުނުގެ ބައެއް ރަށްތަކުގައި އިއްޔެ ވަނީ ފެންބޮޑުވެފަ އެވެ.