Last Updated: May 3, 01:04
Saturday, May 3, 2025
ޚަބަރު

ށ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި

ށ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި އެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ ށ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދުމާއެކު އެ އަތޮޅު ކައުންސިލުން އައިޑީ ކާޑު ހަވާލުވެސް ކުރާނެ އެވެ.

ށ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށިއިރު، އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިދިޔަ އަހަރު އެންމެ ފުރަތަމަ ފެށީ ގއ.ވިލިގިނލިންނެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށަކަށް އަތޮޅު ކައުންސިލް މެދުވެރިކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.