Last Updated: April 30, 17:11
Wednesday, April 30, 2025
ޚަބަރު

ހަރަމްފުޅުގެ އިމާމް، ޒުވާން އިމާމުންނާއި ބައްދަލުކޮށްފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ޒުވާން ޚަޠީބުންނާއި، އިމާމުންނާއި ބައްދަލު ކުރައްވައިފި އެވެ.

މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެވަޑައިގެންނެފި އެވެ.

މި ބައްދަލުވުމުގައި ޑރ. ޞަލާޙުލް ބުދައިރު ވަނީ އިމާމުންނާއި، ޚަޠީބުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

ޑރ. ބުދެއިދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުކީ ރާއްޖޭގެ އިސްލާމީ ޝަޙުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެ ގެންނެވުމަށް އިސްލާމިކް މިނިސްޓްރީން ދެއްވި ދަޢުވަތުގައި ކުރަައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފަ އެވެ. މީގެ އިތުރުން މިނިސްޓަރު ޝަހީމް އާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލު ކުރައްވާފައިވެ އެވެ.