މ. މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.
ކޮންސްޓްރަކްޝަންސް މިނިސްޓްރީން ބުނީ މުލީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމާއެކު، މިއަދު ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސާފައިވާ ކަމަށެވެ.
މުލީ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ އެއާޕޯޓް ހިންގާނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މުލީ އެއާޕޯޓް ރަސްމީކޮށް ދަތުރުތަކަށް ހުޅުވައިލާ އިރު، އޮޕަރޭޝަނަށް ބޭނުންވާ އިތުރު މުވައްޒަފުން ވެސް ނަގައި އެ މީހުންނަށް ބޭނުންވާ ތަމްރީންތައް ދޭނެ ކަމަށެވެ. ރަސްމީކޮށް ދަތުރުތައް ފަށާނީ ޓެސްޓް ފްލައިޓަށް ފަހު، ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަލާ މިންގަނޑުތަކާއި އެސެސްމަންޓްތަކަށް ފަހު އެވެ.
އެހެންވެ އެ އޮޕަރޭޝަން ފަށަން މަހެއްހާ ދުވަސް ނަގާނެ ކަމަށް މުބީން ވިދާޅުވި އެެވެ.
މުބީން ބިދާޅުވީ ޓެސްޓް ފްލައިޓަށްފަހު ކޮމާޝަލް ނުވަތަ ވިޔަފާރި ދަތުރުތައް ފެށުމަށް މަހެއްހާ މުއްދަތު ހޭދަވާނެކަމަށެވެ. ފްލައިޓް ދަތުރުތައް އޮންނަ ދުވަސްތަކާ އަގުތައް މޯލްޑިވިއަންއިން އާންމުކުރާނެ އެވެ.
ދެހާސް އެކާވީހުގައި އަމަލީ މަސައްކަތް ފެށި މުލި އެއާޕޯޓަކީ މަޝްރޫއަކީ 221 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.