ބޯކޮށް ވާރޭވެހި ވެރިރަށް، މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ހަ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މީގެއިތުރުން، މާލޭގެ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.