ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް، ޤަޠަރު ޓޫރިޒަމްގެ ޗެއަރމަން ސަޢުދު އަލް-ޚަރްޖީއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ދުބާއީގައި ކުރިއަށްދާ އަރަބް ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރެވުނު ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމަށް މަގުފަހިވާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އޭޓީއެމް 2025 އަކީ މެދުއިރުމަތީގެ ސަރަޙައްދުގައި ބޭއްވޭ އެންމެ ބޮޑު އެއް ޓޫރިޒަމް މައުރަޒެވެ. މި މައުރަޒުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމް ދާއިރާގެ އިސްވެރިންނާއި، ވިޔަފާރިވެރިން ބައިވެރިވެ، އެ ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާއި ޓްރެންޑްތައް ހިއްސާކުރެ އެވެ.
މިނިސްޓަރު ޠާރިޤު އިބްރާހީމްގެ މި ބައްދަލުވުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.