އއ. ބޮޑުފޮޅުދޫ އައު އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.
މި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެވެ.
ސްޓެލްކޯ އިން ބުނީ ބޮޑުފޮޅުދޫ ސްކޫލާއި އިންވެގެން މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ ހުރުމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތަކަކާއި އެ ރަށުގެ ރައްޔިތުން ކުރިމަތިލަމުންދާ ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަކަށް އިންޖީނުގެ ރިލޮކޭޓްކޮށް އެކަމުގެ ފަސޭހަތައް ބޮޑުފޮޅުދޫގެ ރައްޔިތުންނަށް ލިބިގެންދިޔުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.