Last Updated: May 2, 02:10
Thursday, May 1, 2025
ޚަބަރު

އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ޖަރާސީމެއް

އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ތިބި ބައެއް ކުދިންގެ ކިބައިން ބޭހަށް ނުގުޑާ ނުރައްކާތެރި ޖަރާސީމެއް ފެނިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ މިކަން ފާހަގަކުރެވުމާއެކު، ވަގުތުން އަދި ހަރުދަނާ އިންފެކްޝަން ކޮންޓްރޯލް ފިޔަވަޅުތައް އެޅިފައިވާ ކަމަށާއި މި ޙާލަތު މިހާރު އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލްކުރެވިފާ ކަމަށެވެ.

އަދި މި ބެކްޓީރިއާގެ އިތުރު ފެތުރުމެއް ފާހަގަކުރެވިފައި ނުވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މީގެއިތުރުން ހުރިހާ ބަލިމީހުންނާއި މުވައްޒަފުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ފަހުން ހާމަކުރާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.