Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުން ސިލްސިލާ ދަރުސް ޕްރޮގްރާމަށް ފައްޓަނީ

ނޫރުލް އިސްލާމުން ބޭވި ދަރުސަށް. ފޮޓޯ: ނޫރުލް އިސްލާމް ޖަމިއްޔާ

ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުން "ހަތަރު ޚަލީފާއިން" މި ނަމި ސިލްސިލާ ދަރުސް ޕްރޮގްރާމަށް މިރެއިން ފައްޓަގެން ކުރިއަށް ގިނޭއް ނިންމަލިޔެ.

ނޫރުލް އިސްލާމްގެ އޮފިޝަލަކާ 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބެނި ގޮތު "ހަތަރު ޚަލީފާއިން" ސިލްސިލާ އެއި އެންމެ ފެރެތުމަ ދަރުސް އޮންނެނެއި މިރެއި އިޝާ ނަމާދަށް ފަހި ހިތަދޫ މަސްޖިދުއް ޝޫރާ އެއި. މައުލޫމާތު ލިބިފެއިވޭ ގޮތެ މި ޕްރޮގްރާމެ ހުށިހެއި ދަރުހަކަސް ދެނީ ޝެއިޚް މުޙައްމަދު އަނީލް.

ހަތަރު ހަލީފާއިން” މި ނަމި ކުރިއަށް ސިލްސިލާ ދަރުސްތަކި ޝެޑިއުލް:
12368994_938742406181514_1433539675540214898_n

ނޫރުލް އިސްލާމް ޖަމިއްޔާއަކީ އިސްލާމް ދީނަށް އާންމުންގެ ހޭލުންތެރިކަން އިތިރި ކެރާއް އައްޑޫ އެއި އެންމެ ހަރަކާތްތެރިވޭ ޖަމިއްޔާ ކަން ފާހަގަކޮށްލެވެއި. އެގޮތުން ރާއްޖޭ އެހެން ޖަމިއްޔާތަކާއި ގުޅިގެނަސް މިއަހަރަ އައްޑޫ އެއި ވަރަށް ގިނަ އަދަދެއްގެ ދަރުސް ޕްރޮގްރާމްތަކާއި ދީނީ ހޭލުންތެރިކަން އިތިރި ކެރާއް ތަފާތު ހަރަކާތްތައް އެ ޖަމިއްޔާއިން ކުރިއަށް ގިނިގޮސްފެއި ވެއި.