Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ބަލަ ކޮން ދުވަހަކި އިސްމެހެލާ ހެރަ ތަރައްޤީ ކެރާއް އެއްބަސްވުމެ ސޮއި ކެރަނީ ؟

މިނިސްޓަރ ޒަމީރު ހުޅުމީދޫއަށް ވަޑައިގަތުމުން މަރުޚަބާ ކިޔުމަށްދިޔަ މީހުންނާއި ސަލާމްކުރައްވަނީ.

މީގެ ދުވަސްކެނޑަށް ކުރިން އައްޑޫއަށް ޓޫރިޒަމް މިނިސްޓަރ ޒަމީރު ވަޑަގެން އެބޭފުޅާ ވެނީ އިސްމެހެލާ ހެރަ ތަރައްޤީކެރާއް ބާކިންނާއި ވަރަށް އަވަހަށް ހަވާލަ ކެރާނެ ކަމަށް ވިދާޅަވެފެއި. އެކަން ވެގެން ގެއި ހުޅުދޫ އަދި މީދޫ ރައްޔިތުންނަސް ވަރަށް އުފާވީ ކަމަކަށް.

މިނިސްޓަރ އެކޯ ވިދާޅަވީ ގޮތެ ޖެހިގެން އޮތް ހަފްތާއެއި އާދީއްތަ ކޮންމިއެސް ގޮތަށް ނިންމާށިޔެ. އެކަމަކި އެކަން ނިވެ އެނެއްކަލާއި އަސް އިތިރި ދުވަސްތައް މިއެނީ ފާއިތުވެގެން.

ޖެނުއަރީ މަހި އިސްމެހެލާ ހެރަ މަޝްރޫޢު މޮބިލައިޒް ކެރާނެ ކަމުގެ ޔަޤީންކަން ޝައުގުވެރިވޭ ފަރާތުން ދޭކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވެފެއި ވިޔަސް އިސްމެހެލާ ހެރައިގެ ވާހަކައިގެ އަޑަ މަޑަވެގެ. ރައްޔިތުންގެ ތެރެއިން ބައެއް މީހާ އެކަން ވެފޭހެއް ކަމާއި މެދެ ޝައްކު އުފައްދާއް ފައްޓަގަތާ.

ޖެނުއަރީ 9 ވަނަ ދުވެހި ރާއްޖޭ މީޑިޔާއަކަށް ދިން އިންޓަވިއު އަކި މިނިސްޓަރ ޒަމީރު ވިދާޅަވީ، 2 ދުވަހަކި އެތެރެ އެއްބަސްވުމެ ސޮއި ވޭހެއް ކަމަށް. އެފަހުން މިކޯ މިވެނީ ހަފްތާއަށް އެކަމަކި އެ އެއްބަސްވުމަކި ސޮއި ކެރާ ތާން ނިފެނެއި. ރައްޔިތުން ތިބީ ނިލާހިކަސް ކަންބޮޑޮ ވެފެއި.

މީދޫ އެއި ޖެހިގެން އޮންނެ އިސްމެހެލާ ހެރަ ތަރައްޤީ ކެރާ ވާހަކަ މިކޯގެ ސަރުކާރުން އެންމެ ފެރެތުމާއް ދެއްކީ، މި އަހަރަ އެޕްރީލް މަހި. އެފަހުން އެ ޕްރޮޖެކްޓް އެއި ބެހޭ އަޑަށް ނީވި ގިނަ ދުވަސްތަކަށް ވެގޭފަހުން ދެން އެވާހަކަ ދައްކާ މިފެށީ ޓޫރިޒަމް މިނިސްޓަރ ޒަމީރު އައްޑޫ އަށް ވަޑަގެން އެރަށާއި ބެހޭ ވާހަކަ ދެއްކި ހިސާބުން.

ރައްޔިތުންނަށް މިނިސްޓަރ ޒަމީރު ދެއްކި ފޮނި ހުވަފެންތައް ބަލަގެން އެވެރިން މިތިބީ، މީގެ ކުރިން އިސްމެހެލާ ހެރަ ތަރައްޤީ ކެރާށުމާއި ކޭފެއި ދެއްކި ވާހަކަ ތަކަށް ފަހި 7 މަސް ވޭތާން ސަރުކާރުން "ހައްޕު" ކޭގެން ތިބި ލެކަށް މިކޯ ތިބޭކަށް ރައްޔިތުން ނިއެދެއި. ރައްޔިތުންގެ އެދުމަކީ، އިޚްލާސްތެރިކަމާއި އެއްކޮށް މަސައްކަތް ކޮށް ދެއްވައި، ވީ އެންމެ އަވަހަކަށް އިސްމެހެލާ ހެރަ މަޝްރޫޢު ފެއްޓުން. ނުންފެހޭ އެކަން ނިވޭ ވާހަކަ އަސް ރައްޔިތުން އެކެހެ ނަލަކޮށް ސަރުކާރުން ބެނައި ދިނުން.