Last Updated: April 25, 22:42
Friday, April 26, 2024
އައްޑޫ ބަހުން

އަޖާއިބަށް! ނަޝީދުގެ ސަރުކާރި ހެދި މަގަތަކި ކުރަހާއް ވީމެއި އަސް ޓީވީއަށް އަރައި މިކޭނީ މަގަތަށް ހަދަނީއައު !

ލިންކް ރޯޑްގައި ހެދިފައިވާ ވަޅުގަނޑެއް. އައްޑޫލައިވް ފައިލް ފޮޓޯ

ސަރުކާރި އިސް ސަފި ތިބި މީހުންގެ ފަރާތުން މި ދުވަސްކެނޑާއި ފެނިގެން އޭ އެއްކަމަކީ، ތިމާމެން އައްޑޫއަށް ވަރަށް ގިނަ ކަންތެތި ތަކަށް ކޮށްދެމުން އޭކަން ދެއްކުން. މި ހުށިހެއި މަސައްކަތަށް ކެރަމުން މިއެނީ އައްޑޫ އެޑާއް ބެނި 100 އެނދެ ހިންނެ ހޮސްޕިޓަލްގެ މައްސަލަ ފިނި ކެރާއްވެގެން.

އިހިވެދާ ރެއި "ޗެނަލް13" އަށް އަރައި އެމްއާރްޑީސީ އެއި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އަސް ވެނީ މީހުން ލޮލެ "ކަނަފަތް" އެޑާއްވެގެން ހިތުން ވަރަށް މުޅު ވާހަކަ ދައްކަފެއި. އެބޭފުޅާ ކޮންމި ދެބަހަކުން އެއްބަހަކަށް ވިދާޅަވީ، 'މަގަތަށް ހަދާ' ވާހަކަ.

މައިގަނޑަ ގޮތަކި ޓީވީއަށް އަރައި ދެއްކި ވާހަކައިން ދޭހަވެނީ، އެމްއާރްޑީސީ އިން އައްޑޫ އެއި ފުރެއި މަގަތަށް ހަދަމުން އޭ ކަން. އެކަމަކި ހަގީގަތަކީ މީ ނުންކަން އެންމެ ރަގަޅާއް އެނގޭނެ އެއްބާކިންނަކީ ހަމަ މި އައްޑޫ ރައްޔިތާ.

ބެލެވޭ ގޮތެ ސަރުކާރެ އިސްވެރިންނާއި ސަރުކާރަ ހިއްސާވޭ ކުންފުނިތަކި އިސްވެރިން މެހެން ވާހަކަ ދައްކަނީ ރާއްދޭ އެހެން ހިސާބަތަކި ތިބި މީހުންނަށް، އައްޑޫއަށް ވަރަށް ކަން ކޮށްދޭކަން ދައްކާއް ވެގެން. އެކަމަކި ހަގީގަތަކީ، މި ސަރުކާރަށް 2 އަހަރަ ވެގެން ގޭކޯ އައްޑޫ ވެލި މަގަތަކި ފެންބޮޑޮވޭ މައްސަލަ ހައްލު ކެރާއް ނިކުޅެދިފެއި ވެނީ.

އެމްއާރްޑީސީއަށް ކަންތެތި ނިވީމެއި އެކަމި މަތި ޖަހާއް، ޓީވީތަކަށް އަރައި 2011 ވަނަ އަހަރި ސާކް ސިމިޓަށް އައްޑޫ ހެދި މަގަތަކި ރޯޑް ސައިން ކުރަހާއް ފައްޓަގެން މިބެނަނީ މަގަތައް ހަދަނީ އައު. އަޖާއިބަށް ނު ދެން މީ.

އެންމެ ކުދުމިނުން މިވެރިން މަގަ ކުރަހާއް މިގިނިވޭޑޭ ދަވާދަ އަކީ އަސް، އައްޑޫ ސިޓީ ކައުންސިލެ ޚަރަދި އެވެރިން ގިނަފެއި ތިބިއޭ. އެވާހަކަ އަސް އޮޅުވަގެން އެމްއާރްޑީސީއިން 'ބޮޑޮ ޚަރަދަ ކޮށްގެންނާއު' ދެބަހުން އެއްބަހަށް ތެބެކެތާ. މީ ހަމަ އަޖާއިބަށް !

އައްޑޫއަށް ކަމަށް ކޮށްދޭއް ތެވަރަކުން ހިނގާފެހޭ ކޮށްދޭނެއި. މެޑަލް ޖަހާއް ހިނގާފެހޭ އެންމެ ފަހުން، ވިއްސާރައި އެހީ ބެހާއްވެގެން ތެޅެނެ މެންބަރަށް ވީގޮތަށް ބަދުނާމު ވޭނެއި.