Last Updated: April 25, 21:20
Thursday, April 25, 2024
އައްޑޫ ބަހުން

ހޮސްޕިޓަލް" މައްސަލަ އެއި ކައުންސިލުން ރައްޔިތުންނާއި ބައްދަލަކެރުން މިރެއި އޮންނެހެއް !

އައްޑޫ އެއި އެޑާހެއް ކަމަށް ސަރުކާރަތަކުން ބެނަމުން އޭތާން 15 އަހަރަ ވެފެއިވޭ "100 އެނދެ ހޮސްޕިޓަލް" އެޑުމުގެ ބަދަލި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކެރާއް ސަރުކާރުން ނިންމިމެއި އެކަމާއި ގުޅިގެން ރައްޔިތުންގެ ކަނބޮޑޮވުންތައް އޮޅުން ފަލުވާއް ވެގެން އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން މިރެއި ރައްޔިިތުންނާއި ބައްދަލަކެރާށިޔެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތެ މި ބައްދަލަވުން އޮެންނެނެއި މިރެއި 8 ޖަހާކޯ ކައުންސިލް އިދާރާއެއި.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ކައުންސިލް އިދާރާއެއި އޮފިޝަލަކާ ވިދާޅަވީ ގޮތެ، މި ބައްދަލަވުމަކީ ރައްޔިތުންގެ ކަންބޮޑޮވުންތައް ދެނެގަންނަށާއި އަދި ރައްޔިތުން މަޝްވަރާ ސިޓީ ކައުންސިލާއި ހިއްސާކެރާއް، ވަރަށް ގިނަ ބާކިންގެ އެދުމުގެ މަތިން ކުރިއަށް ގިނޭ ބައްދަލަވުމަށް.

މިބައްދަލަވުމަށް ވީހެއި އަސް ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވުމަކީ ކައުންސިލުގެ ވަރަށް ބޮޑޮ އެދުމަށް.
12360125_640034886138775_5444391234396729481_n