Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހޮސްޕިޓަލް މައްސަލަ އެއި ޚިޔާލަ ހޯދާއް ބޭއްވި ބައްދަލަވުމަށް ތަރުހީބަށް ނިލިބެނެ

އައްޑޫ އެއި އެޑާހެއް ކަމަށް ބެނާ 100 އެނދެއިގެ ހޮސްޕިޓަލް އެޑުން ސަރުކާރުން ފަސްކޮށްފެއި ވޭހެދީ އެކަމާއި ރައްޔިތުންގެ ކަންބޮޑޮވުންތައް އޮޅުންފަލުވާއް ކައުންސިލެ ފަރާތުން ބޭއްވި ބައްދަލަވުމަށް މާ ބޮޑޮ ތަރުހީބަށް ނިލިބެނެ

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ކައުންސިލެ އޮފިޝަލަކާ ބެނި ގޮތެ، މި ބައްދަލަވުން ބާއް އެންމެ ފެރެތުމާއް ނިންމަފެއި އޮތީ ކައުންސިލް އިދާރާއި ބޭރެ.
unnamedd

އޮފިޝަލް ބެނި ގޮތެ ކައުންސިލް އިދާރާއެއި ބޭރެ ގެޑި ޖަހަފެއި ތައްޔާރަ ކެރީ ގިނަ އަދަދެއްގެ މީހުން އޭހެއް ކަމަށް ބަލަގެން. އެކަމަކި ބައްދަލަވުން ފަށާއް އޮތް ގަޑި ޖެހިގެން އެތައް ވޭލާއް ވީކަލަސް އެތަނަށް އާއްސެއި ތިބި މީހުންގެ މަދަ ކަމުން ފަހުން ބައްދަލަވުން ބޭވީ ކައުންސިލް އިދާރާއެއި މީޓީން ރޫމެ.

އައްޑޫ އެޑާހެއް ކަމަށް ބެނާ 100 އެނދެއިގެ ހޮސްޕިޓަލް އެޑުން ސަރުކާރުން ފަސްކެރިމެއި އެކަމާއި ވަރަށް ގިނަ ބާކިން ސޯޝަލް މީޑިޔާއެއި ކަންބޮޑޮވުން ފައުޅުކޮށްފެއި ވޭކަން ފާހަގަވެއި. އަދި މި ބައްދަލަވުމަކީ އަސް ސޯޝަލް މީޑިޔާއެއި ގިނަ ޒުވާނުންތަކަށް ގުޅިގެން އުފެއްދި ގްރޫޕަކި ދެކެވެނެ ވާހަކަ ތަކަކާއި ހިސާބުން އުފެދިގެން އާ ޚިޔާލަށް.
unnamed

މިރެއި ބޭވި ބައްދަލަވުމެ، މަޝްވަރާ ކެރި ކަންތަކި އެތެރެ އައްޑޫ ހޮސްޕިޓަލި މަސައްކަތް ފަށާއް ސަރުކާރައް ގޮވަލާއް ވެގެން ސޮއި ކެރަމުން އޭ ޕެޓިޝަނި ސޮއި ކެރުވުމާއި މީހުން ހޭލުންތެރި ކެރުމަށް މަސައްކަތް ކެރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކެރިޔެ. މީގެ އިތިރަށް މަސްވެރިންގެ ޕާކްތަކި އެއި ކަންމަތީ ބައްދަލަވުންތައް ބާގެން މީހުން ހޭލުންތެރި ކެރާއް މަސައްކަތް ކެރާގޮތަށް ވެނީ ނިންމަފެއި.