Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އަމާޒަކީ އެއާޕޯޓް ތަރައްޤީކޮށް އައްޑޫގެ ވަސީލަތްތައް ދުނިޔޭގެ ފެންވަރަށް ތަރައްޤީ ކެރުން: އިބްތިޝާމާ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑްގެ އަމާޒަކީ ގަން އެއާޕޯޓް ތަރައްޤީކޮށް އައްޑޫގެ ވަސީލަތްތައް ދުނިޔޭގެ ފެންވަރަށް ތަރައްޤީކެރުން ކަމަށް އެކުންފުނިއެއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސަޢީދު ވިދާޅަވެގެ.

ގަމި އެއާޕޯޓެ ރަންވޭ އަށް އިތިރިކެރާ ބައިން މިކޯ ނިމިފެއި ހިށިބައި އޭއައިއޭ އެއި ހަވާލަ ކެރާއް ބޭވި ރަސްމިއްޔާތެ ވާހަކަ ދައްކަވަމުން އިބްތިޝާމާ ވިދާޅަވީ، އަލަށް ރަންވޭއަށް އަލަށް އިތިރި ކެޑެ ބައި ބޭނުންކެރާއް ފެއްޓިމެއި އެންމެ ބޮޑެތި ފްލައިޓުތައް ގަމި އެއާޕޯޓަށް ޖެއްސޭހެއް.

“އަދި ޕްރޮޖެކްޓް ނިމޭ ކަލަކި ގަން އިންޓަނޭޝަނަލް އެއާޕޯޓެ ބައިނަލްއަޤްވާމީ ފެންވަރި ޓާމިނަލަކަސް ހިންނެހެއް. އެ ޓާމިނަލުން ޑިއުޓީ ފްރީގެ ޚިދުމަތްތަކަށް ލިބޭހެއް" އިބްތިޝާމާ ވިދާޅަވި.

ގަން އެއާޕޯޓަކީ، މިޅިން ދިވެހިން މަސައްކަތް ކެރާ އެއާޕޯޓަށް ކަން ފާހަގަކޮށް ވާހަކަ ދައްކަމުން އިބްތިޝާމާ އިތިރަށް ވިދާޅަވީ ގޮތެ، މި މަހި 22 އެއި ގަމަށް ޑެންމާކުން ޗާޓަރަ ދަތެރެ ތަކަށް ފަށާއް ނިންމަފެއި ވޭހެދީ، އެކަމާއި ދިމާކޮށް މިމަހި އެތެރެ އެއާޕޯޓެ ޑިއުޓީ ފްރީގެ ޚިދުމަތް ފަށާގޮތަށް ވެނީ ހަމަޖެހިފެއި.