Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހިތަދޫ ބޮނޑޮ މަގި ސްޕީޑް ބްރޭކަރަ އެޑާއް ފައްޓަގަތާ

ހިތަދޫ ބޮނޑޮމަގި ސްޕީޑް ބްރޭކަރަ އެޑުމުގެ މަސައްކަތް އެމްއާރްޑީސީ މުވައްޒަފުން ކެރަނީ.
އައްޑޫ ސިޓީ ހިތަދޫ ބޮނޑޮ މަގި ސްޕީޑް ބްރޭކަރަ އެޑުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފައްޓަގަތާ.

އެގޮތުން އެންމެ ފެރެތުމަ ސްޕީޑް ބްރޭކަރާ، ހިތަދޫ ބޮޑޮ މަގި ހިންނެ އާގަލާ މާޓެ ހިސާބި އެޑުމުގެ މަސައްކަތް މިރެއި އެމްއާރްޑީސީ ވެނީ ފައްޓަފެއި. ބޮނޑޮ މަގި އެޑަމުން އޭ ސްޕީޑް ބްރޭކަރާއި ފެޅޫމިނެ ހިންނެއި ގާތްގަނޑަކަށް 1 ފޫޓު ވަރަ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އެމްއާރްޑީސީއެއި އޮފިޝަލަކާ ބެނިގޮތެ، އެ ކުންފުނިއެއި އަމާޒަކީ ވީ އެންމެ އަވަހަކަށް އައްޑޫ އެއި ތާރަ އެޑަގެން ހަދަފެއި ތިބި މަގަތަކި، ސްޕީޑް ބްރޭކަރަ އެޑައި ނިންމުން.

އޮފިޝަލް ބެނިގޮތެ، ތާރައެޑަގެން ހަދަފެއިވޭ މަގަތަކި، ހުށިހެއި ހިސާބަކި ސްޕީޑް ބްރޭކަރަ އެޑުމުގެ މަސައްކަތް ކެރާއް ވެނީ ނިންމަފެއި. އެހެން ކަމަކި 60 ކިލޯ މީޓަރަށް ދިއްވާއް ހުއްދަ އޮންނެ ހިސާބަތަކި ބްރޭކަރަ ނިއެޑާހެއް ކަމަށް އޮފިޝަލް މައުލޫމާތު ދެއި.

ހިތަދޫ ބޮނޑޮމަގި ސްޕީޑް ބްރޭކަރަ އެޑުމުގެ މަސައްކަތް އެމްއާރްޑީސީ މުވައްޒަފުން ކެރަނީ.
ހިތަދޫ ބޮނޑޮމަގި ސްޕީޑް ބްރޭކަރަ އެޑުމުގެ މަސައްކަތް އެމްއާރްޑީސީ މުވައްޒަފުން ކެރަނީ.

ހިތަދޫ ބޮނޑޮމަގި ސްޕީޑް ބްރޭކަރަ އެޑުމުގެ މަސައްކަތް އެމްއާރްޑީސީ މުވައްޒަފުން ކެރަނީ.
ހިތަދޫ ބޮނޑޮމަގި ސްޕީޑް ބްރޭކަރަ އެޑުމުގެ މަސައްކަތް އެމްއާރްޑީސީ މުވައްޒަފުން ކެރަނީ.

އެމްއާރްޑީސީގެ ފަރާތުން އައްޑޫ އެއި އެކުންފުނީގެ ފަރާތުން ތާރައެޑަގެން ހެދި ހުށިހެއި މަގަކި މިކޯ ވެނީ ރޯޑް ސައިންތައް ކުރަހައި ނިންމަފެއި. އެގޮތުން ހިތަދޫ ރަށްދެބައި މަގަ، މެދެއާރި މަގަ އަދި ފޭދޫ ރަށްދެބައި މަގި އަސް ރޯޑް ސައިންތައް ކުރަހައި ވެނީ ނިންމަފެއި.

މައުލޫމާތު ލިބިފެއިވޭ ގޮތެ ހިތަދޫ ބޮނޑޮ މަގި އަސް ރޯޑް ސައިންތައް ކުރެހުމުގެ މަސައްކަތް އެމްއާރްޑީސީ އިން ކެރާގޮތައް ވެނީ ހަމަޖެހިފެއި.

ހިތަދޫ ބޮނޑޮ މަގި އެޑި ސްޕީޑް ބްރޭކަރާ.
ހިތަދޫ ބޮނޑޮ މަގި އެޑި ސްޕީޑް ބްރޭކަރާ.