Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ރާ ކައްކާއް ބޭނުންކެރާ ބައެއް އެއްތެތި ފޭދޫ ގެއަކުން ފެނިގެ

ފޭދޫ ގެއަކުން ފުލުހުން ހޯދި ރާ ކައްކާއް ބޭނުންކެރާ ސާމާން. ފޮޓޯ: ޕޮލިސް

ފޭދޫ ގެއަކި އެތެރެ ރާ ކައްކާ ކަމަށް ފުލުހުންނަށް ލިބެނެ މައުލޫމާތާއި ގުޅިގެން އެގޭ ބަލައި ފާސްކެރިކޯ ރާ ކައްކާއް ބޭނުންކެރާ ބައެއް ތަކެތި ފުލުހާ ހޯދަލިޔެ.

ފުލުހުންގެ ވެބްސައިޓެ ބެނަފެއިވޭ ގޮތުން މި އެއްތެތި ހޯދަފެއިވެނީ ގަން ޕޮލިސް ސްޓޭޝަނި މަސައްކަތް ކެރާ ފުލުހުން ފުލުހުންނާއި އައްޑޫ ސިޓީ އެއި ޕުލުހުންގެ އިންޓެލިޖެންސް އެއި މަސައްކަތް ކެރާ ފުލުހުން ގުޅިގެން ކެރި މަސައްކަތުން.

އެގެން ފުލުހުން ވެނީ ރާ ކައްކާއް ބޭނުންކެރާ ބައެއް އެއްތެތީގެ އިތިރަށް ރާ އެޑާއް ތައްޔާރަކޮށްފެއި ހިށި 20 ލީޓަރުގެ ހަމަކަސް ހޯދަފެއި.

މި މައްސަލައެއި ފުލުހުން މެހެއިތާން މީހަކާ ހައްޔަރަކޮށްފެއި ނިވޭ ކަމަށާއި އެކަމަކި މައްސަލަ ތަހުގީގު ކެރަމުން އޭ ކަމަށް ފުލުހުން ވެނީ ބެނަފެއި.