Last Updated: April 24, 20:13
Wednesday, April 24, 2024
އައްޑޫ ބަހުން

ސްޓިކާ ޖަހާއް ފައްޓަނީ، ހުށިހެއި އެންމެންނަށް ޤަވާއިދާއި އެއްގޮތަށް އަމަލަކެރާއް އިސްކަންދޭހެތި: ތޮއްޔިބު

އައްޑޫ ސިޓީ އެއި އަސް ޤަވާއިދާއި ޚިލާފަށް ޕާކް ކެރާ ވެހިކަލްތަކި ސްޓިކާ ޖެހުމުގެ މަސައްކަތް ފުލުހުން ފައްޓާއް ނިންމަފެއިވޭހެދީ އެކަމަށް ހުށިހެއި ރައްޔިތުންނަސް ސަމާލުކަން ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އެދެއި.

އައްޑޫ ސިޓީ އެއި ޑެޕިއުޓީ މޭޔަރ، އަބްދުﷲ ތޮއްޔިބު 'އައްޑޫލައިވް' އެއި ވާހަކަ ދައްކަމުން ވިދާޅަވީ ގޮތެ ޕާކިން ސްޓިކާ ޖަހާއް ފައްޓާއް ނިންމަފެއިވޭ ހެދީ ހުށިހެއި ރައްޔިތުންނަސް އެކަމަށް ސަމާލުކަން ދެރެގެން ޤަވާއިދާއި އެއްގޮތަށް ޕާކު ކެރުމަށް އިސްކަންދޭއް ޖެހެއި.

ތޮއްޔިބު ވިދާޅަވީ ގޮތެ، ކޮންމެ ސްޓިކާ އަކަށް -/750 ރުފިޔާ ވަރަ ދައްކާއް ޖެހޭކޯ އޭ ލިބޭ އާމްދަނީ އެއި ބަލާކޯ ބޮނޑޮ ބުރައަށް ކަމަށް. އެކަމަކި ސްޓިކާ ޖެހުމަކީ، ރައްޔިތުންނަށް އެކަމުން ލުއި ފަސޭހަތަކަށް ލިބޭނެ ކަމަށް ކަމުގައި ތޮއްޔިބު ފާހަގަކެރި.

އައްޑޫއެއި ތާރައެޑަގެން ހެދި މަގަތަކި ޕާކިން ޒޯންތައް ކުރެހުމުގެ މަސައްކަތް މިކޯ ހައުސިން މިނިސްޓްރީ އިން އެނީ ކެރަމުން. އެ މަސައްކަތް ނިމެނެމެއި އައްޑޫ އެއި ޕާކިން ސްޓިކާ ޖަހާއް ފައްޓާކޯ، މީ މާލޭ ފިޔަވައި ރާއްދޭ އެހެންތާކި ޕާކިން ސްޓިކާ ޖަހާއް ފައްޓާ ފެރެތުމަ ފަހަރަ.