Last Updated: April 20, 11:49
Saturday, April 20, 2024
އައްޑޫ ބަހުން

ޝުކުރިއްޔާ! ޕްރޮފެސަރ ހަސަން އުގެއިލް! އަފިރިން މިތިބީ އުފަލުން ފެޑިފެއި!

ސިޔާސީ ވާދަވެރިކަމަކާއި ހެދީ މި އައްޑޫ މީހުންގެ މެދެ ޒަމާނުއްސުރެ އޮތް އެކުވެރިކަން ނެތިގެން ގޮސް އެތައް ބާކިން މޫނު ކެޑޭ ހިސާބަށް ގޮއްސެއި ތިބެއި ރެއި ޝަރަފުއްދީން އިސްކޫލުން ފެނިގެން ގެއި ވަރަށް އުފާވެރި މަންޒަރަށް.

މީގެ ކުރިން ޝަރަފުއްދީން އިސްކޫލެ ހޯލެ ގިނަ އަދަދަކި އާންމު ރައްޔިތުން ބައިވެރިވެގެން ބާފެއި ވެނީ ސިޔާސީ ޕާޓީތަކި ޖަލްސާތައް ކަމަށް ވިޔަސް ރެއި ބޭވީ ސިޔާސީ ޙަފްލާއަށް ނުން. އެކަމަކި ރެއި އިސްކޫލެ ހޯލު ފުރިގެން ޖާގަ ނިލިބިގެން އެތައް ބާކިޔެ މަގި އަސް ތިބިޔެ.

ރެއި ލެކްޗަރ އަޑަ އަހާއް ގޭ ބައެއް މީހުން.
ރެއި ލެކްޗަރ އަޑަ އަހާއް ގޭ ބައެއް މީހުން.

ހަމަ ގާމުނަސް ރެއި، ހިތަދޫއަށް އުފަން ޕްރޮފެސަރ ހަސަން އުގެއިލްގެ "އެން އިވްނިންގ ވިތް ޕްރޮފެސަރ އުގައިލް" ލެކްޗަރ އަޑަ އަހާއް ގޭ ވަރަށް މީހާ ފަހުގެ ތާރީޚަކި އައްޑޫ ބޭވި އެއްވިއެސް ޖަލްސާއަކަށް ނިއެއި އައު ބެނުމަކީ ދޮގަކަށް ނިވޭހެއް. ލެކްޗަރ ފަށާއް އޮތް ގަޑި ޖެހުމުގެ އެތައް ވޭލާއް ކުރިން ރައްޔިތުންގެ މީހާ ގޮސް އިސްކޫލެ ހޯލް ފުރަލިޔެ.އެހެންވެ އެއްބެއި މީހުން ރެއި ޕްރޮފެސަރ އުގެއިލްގެ ލެކްޗަރ އަޑަ އެހީ މަގިތިބެ.

"އިސްކޫލެ ލާއި އަބަދަށަސް މިސްމެން އަދި ސާރ މެން ބެނާހެއް އައްޑޫ އަށް އުފަން ޕްރެފެސަރގެ ވާހަކަ. މިރެއި އަލަށް އަސްލުކޮށް މިފެނެނެއި. ވަރަށް މުޅު ޕްރޮފެސަރ އަށް. ދިންކޯ ދެން ހުސްވަގުތެ ކޭނެއި މިފޮތް. އަދި ވޭއް ބޭނުމީ އެކަހަލެއި ޕްރޮފެސަރ އަކަށް" ރެއި ޝަރަފުއްދީން ސްކޫލަށް ގޭ އުމުރުން 9 އަހަރުގެ ކޫދަށް އެކޮއްޔާގެ ޝުޢޫރު ފައުޅުކެރަމުން ބެނި.

ރެއި ލެކްޗަރ އަޑައަހާއް ގޭ ބައެއް މީހުން. ފަހުގެ ތާރީޚަކި އައްޑޫ ބޭވި އެންމެ ގިނަ މީހުންގޭ އެއް ޖަލްސާ ވޭހެއް.
ރެއި ލެކްޗަރ އަޑައަހާއް ގޭ ބައެއް މީހުން. ފަހުގެ ތާރީޚަކި އައްޑޫ ބޭވި އެންމެ ގިނަ މީހުންގޭ އެއް ޖަލްސާ ވޭހެއް.

މީގެ އިތިރަށަސް ރެއި ލެކްޗަރ އަޑަ އަހާއް ގޭ އެންމެން އުފަލުން ފެޑިފެއި ތިބެ ބެނި އެއްތަކީ ހަމަ " ޝުކުރިއްޔާ ޕްރޮފެސަރ ހަސަން އުގެއިލް އަފިރިން ފަޚުރުވެރިވެއި"

ރެއިގެ ލެކްޗަރ އަޑައަހާއް ގޭ މީހުން އިތިރަށް އުފާވީ އެއްކަމަކީ، ޕްރޮފެސަރ އުގެއިލްގެ ލެކްޗަރ އެބޭފުޅާ ފަޚުރުވެރި އައްޑޫ ބަހުން ކުރިއަށް ގިނިގެއުން.
ދެޅަ ގަޑިވޭލާއް ކުރިއަށް ގޭ ލެކްޗަރ ނިމެނެ ކަލަސް ގިނަ މީހުން ތިބީ އިތިރަށް އަޑައަހާއް ބޭނުންވެފެއި. ލެކްޗަރ ނިމެނެ ކަން ޤަބޫލުކެރާއް ގިނަ ބާކިން ބޭނުމަށް ނިވި.

" ދެން ކޮން ދުވަހަކި މިކަހަލެއި ފުރުސަތައް އަފިރިންނަށް ލިބޭނެއި. ހައުދަހައި ބޮނޑޮ ހަދިޔާ އަކޭ މީ. ޝުކުރިއްޔާ ޕްރޮފެސަރ ހަސަން"، ލެކްޗަރ އަޑައަހާއް މަގި ތިބި މީހުންގެ އެތެރުން ޒުވާނަށް 'އައްޑޫލައިވް' އެއި ވާހަކަ ދައްކަމުން ބެނި.

" މީ ފެހޭ މުޅު ކޫދައް، ތަފިރިން އެންމެން ވެގެ ނުނީ މިލެކަށް ކިޔަވަގެން މުޅުވޭއް. އަދި އަފިރިންނަށް އެނގޭ ލެކަށް ރަށި ބަހުން އެކުދާ ސައިންސު ކޭއި މި ދިނީ" އުމުރުން 67 އަހަރަ މިކޯ ވެފެއިވޭ ހަސަން ފުތާ ބެނި.

ލެކްޗަރ އަށް ފަހި އަސް ޕްރޮފެސަރ ހަސަން އުގެއިލް އެއި ބައްދަލަކޮށް ފޮޓޯ ނަގައި އެބޭފުޅާއި ބައެއް ސުވާލަތައް ކެރާއް އެތައް ވޭލާއް ގިނަ ބާކިޔެ ހޭދެކެރިޔެ. ޕްރޮފެސަރ އުގެއިލްގެ "ސިއްޙީ ހަދިޔާ" ފޮތް ހިފަގެން އުފަލުން ފެޑިފެއި ތިބެ އެންމެން ގެއް އެބޭއް މިސްރާބު ޖެހީ އަދިޔަސް އަވަސް މުސްތަޤްބަލަކި އެބޭފުޅާގެ ލެކްޗަރ އަށް އަޑައެހުމުގެ ފުރަސަތު ލިބޭހެއް ކަމަށް އުއްމީދު ކެރަމުން.