Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ހިތަދޫ ޕޯސްޓް އޮފީސް ބުރިކެޑެ މަގަށް ބަދަލުކޮށްލިޔެ

ޕޯސްޓް އޮފީސް އައު އިމާރާތަށް ބަދަލު ކެރުމުގެ މަސައްކަތް ކެރަނީ.

ހިތަދޫ ބޮނޑޮ މަގި ހިށި އިމާރާތަކި ކުރިން ހިނގުވަމުންގޭ ޕޯސްޓް އޮފީހެ ޚިދުމަތްތަށް އެހެން އިމާރާތަކަށް ބަދަލުކޮށްލިޔެ.

އަދުން (އާދީއްތަ) ފެށިގެން ހިތަދޫ ޕޯސްޓް ހިނގުވަމުން އޭނެއި، ހިތަދޫ ބުރިކެނޑެ މަގި ހިންނެ އިމާރާތަކި. އޭ 'ކޮންޓްރޯލް ޕީ' ޖެހިގެން އަތިރާއި ވީކެޑަށް ހިންނެ އިމާރާތަށް.

ހިތަދޫ އެއި ހިންނެ ޕޯސްޓް އޮފީސް ކުރިން ހިނގުިވި އިމާރާތް ކުލިޔަށް ދިން އެގްރިމެންޓާއި މުއްދަތު ހަމަވެގެން ޕޯސްޓް އޮފީސް ހިނގުވާނެ އިމާރާތަށް ހޯދާއް މޯލްޑިވސް ޕޯސްޓް ލިމިޓެޑުން އިއުލާން ކެރީ މިގޭ އަހަރަ ނޮވެމްބަރ މަހި.

ޕޯސްޓް އޮފީހުން މައުލޫމާތު ދޭ ގޮތެ އިމާރާތް ބަދަލުވިޔަސް ކުރިނަސް އެ އޮފީހުން ދެމުން އާ ޚިދުމަތްތައް ކުރިނަކީ އަސް އެއް ގޮތަށް ލިބިގެން އޭހެއް.
ހިތަދޫ ޕޯސްޓް އޮފީހެ މުވައްޒަފަކާ 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބެނި ގޮތެ ހިތަދޫ އެއި ޕޯސްޓް އެޖެންޓަކާ ބާގެނަސް ޚިދުމަތް ދޭ މިކޯ ވެނީ ނިންމަފެއި. އެގޮތަށް ނިންމީ ޕޯސްޓުގެ ޚިދުމަތް ހޯދާ މީހުންގެ އެއް ދުވަހުން އެނެއް ދުވަހަށް ގިނަވެމުން އޭ ހެދީ.