Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ހުޅުދޫ އަދި މީދޫ އިން މެޗާ ބަލާއް އޭއް ބޭނުން މީހުންނަށް ޝާޑުގެ "ޖޫލީ" ދޯނިން ހިލެއި ގިޔޭހެއް !

“މިނިވަން 50 ޗެމްޕިއަންޝިޕް” ފުޓްބޯޅަ މުބާރާތި ފައިނަލި އަދަ ފޭދޫ އެއި ގދ.ފަރެސްމާތޮޑާ ކޮޅެނެ މެޗާ ބަލާއް ހިތަދޫއަށް އޭ ބޭނުންވޭ ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް "ޖޫލީ" ދޯނިން ހިލެއި ހިތަދޫއަށް ގިޔޭހެއް.

މި ދަތެރެ ހަމަޖައްސައި ދިނީ، ދޯނެ ވެރިފަރާތް ކަމަށްވޭ ހުޅުދޫ މެންބަރު މުހައްމަދު ޝާހިދު(ޝާޑު).

"ޖޫލީ" ދޯނިން މައުލޫމާތު ދޭގޮތެ ހިތަދޫއަށް އޭއް ވެގެން ދޯނި ފުރާނެއި އަދަ މެންދިރެއި 1 ޖަހާކޯ. އަދި އަނބަރައި ހުޅުދޫއަށް އޭނެއި މުބާރާތި އިނާމް ދިނުމުގެ ރަސްމިއްޔާތު ނިންމަލާއި.