Last Updated: April 30, 11:23
Tuesday, April 30, 2024
ޚަބަރު

އެމްޕީ ޝާޑް އިތުރު މަސްދޯންޏެއް ގަނެފި! ބޭނުމަކީ އިތުރު ވަޒީފާ އުފެއްދުން!

ހުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) އިތުރު މަސްދޯންޏެއް ގަނެ، ހުޅުދޫގައި ތިބި މަހަށްދާން ބޭނުން ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދީފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާޑް ގަނެފައިވަނީ 100 ފޫޓްގެ ފައިބަރު މަސް ދޯންޏެކެވެ. އެ ދޯނި މިހާރު ވަނީ ހުޅުދޫއަށް ގެނެސްފައެވެ.
shaad dhoni

މިހާރުވެސް 105 ފޫޓްގެ މަސްދޯންޏެއް ދުއްވަމުން އަންނަ ޝާޑް، މަސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެންފައިވަނީ 2004 ވަނަ އަހަރުގެ ތެރޭގައި "ޖޫލީ" ދޯނި ބަނދެގެންނެވެ.

ޝާޑް ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރިން މަސްވެރިކަމުގެ ދާއިރާއިން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވި އިރު ޖޫލީ ދޮންޏަކީ ހުޅުދޫގައި އެންމެ ރަނގަޅަށް މަސްވެރިކަން ކުރަމުން އަންނަ އެއް ދޯންޏެވެ.

ތަފާތު ދާއިރާތަކުން ގިނަ ބަޔަކަށް އެހީތެރިވަމުން އަންނަ ޝާޑް ބުނީ އާ ދޯންޏެއް ގެނައުމުގެ ސަބަބުން މަހަށް ދާން ބޭނުންވެ އެފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ޝާޑް އަންނަނީ ސަރުކާރާއި ގުޅިގެން ހުޅުމީދޫގައި މަސް ފެކްޓަރީއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރުވަމުންނެވެ.