Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ކުރީގެ މެމްބަރު ނާޒިމަށް ވެސް ދެ ދުވަހުގެ މުހުލަތެއް

ބޭސް ފަރުވާ އަށް ސިންގަޕޫރަށް ފޮނުއްވުމުން ޕާސްޕޯޓާ ވެސް ނުލައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވެސް ރާއްޖެ ވަޑައިގަތުމަށް ދެ ދުވަހުގެ މުހުލަތެއް ދީފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނާޒިމް 48 ގަޑިއިރުގެ ތެރޭގައި އަނބުރާ ރާއްޖެ ވަޑައިގަތުމަށް އަންގާފައިވާ ކަމަށެވެ. އެވެ.

އެ މުހުމަތުގެ ތެރޭގައި މާލެ ވަޑައިނުގަންނަވައިފި ނަމަ ރާއްޖެ ގެނެއުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ޓްރެވަލް ޑޮކިއުމަންޓެއްގައި ސިންގަޕޫރަށް ފަރުވާ އަށް ނާޒިމް ފޮނުއްވުމުން އޭނާ ޕާސްޕޯޓާ ނުލައި އިނގިރޭސިވިލާތަށް އެތެރިވި މައްސަލަ ވެސް އިމިގްރޭޝަނުން މިހާރު އަންނަނީ ބަލަމުންނެވެ.

އޭނާގެ ވަކީލް ދާދި ފަހުން ކަރެކްޝަންސަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ފަރުވާ ނިމުމުން ނޫނީ ނާޒިމް ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ.