Last Updated: March 28, 21:55
Thursday, March 28, 2024
އައްޑޫ ބަހުން

ސަރުކާރުން އައްޑޫލައިވް ދިގި މުއްދަތަކަށް ޖަލަށް ލާލި! އެކަމަކި ޖަލަށް އިންޓަނެޓް ލިބެއި!

ދިވެހިރާއްދޭ ސަރުކާރި އިސްވެރިން ހިނގުވާ ކޮރަޕްޝަނުގެ މައްސަލަތަކި ވާހަކަ އެއި ކޯޓުތަކުން ކެރާ ބޭއިންސާފު ހުކުމްތަކުގެ ވާހަކަ ލޭނަށް ވަރަށް ގިނަ މީހުން މިކޯ ބިރި ގަނި. ސަބަބަކީ ސަރުކާރުން ޖަލަށް ލާހެއް ކަމުގެ ބިރި ދައްކާހެދީ.

ކުދު ގޮޅިއަށް ލާއް ބިރި ދެއްކިމެއި، އެކަމަށް ފަސްނިޖެހެނެ ސިޔާސީ ލީޑަރަކާ މެން ފެހެނާ ޖަލަށް ލާއި ހުސްކޮށްލާއި ސަރުކާރުން މިކޯ އަމާޒު މިކެރީ އެވާހަކަ ލޭނެ ބާކިން ތިބި ފެހޭ އެވެރިންނަސް ނައްތަލާއް.

ރާއްދޭ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އިން މުވާސަލާތީ ޚިދުމަތް ދޭ ހުށިހެއި އެންމެންނަށް އަނގުވަގެން އައްޑޫލައިވް ސައިޓާ ބްލޮކް ކޮށްފެއި އަފިރިން ސައިޓާ ނާގެން ގޮސް މިކޯ އެއޮތީ މާފުށީ ޖަލަށް ލާފެއި.

6 ފޫޓުގެ ކުދު ގޮޅިއަކަށް މި ނޫހާ ލާފެއި ދޮރޮ ތަޅާލާލާއި މިވެރިޔެ އިހަމުން އެބެގެޔާ. މިވެރިން ހީކެރީ ދެން މިތެއި ދޮރޮ ޖަހަފެއި ސައިޓާ ގޮޅިއަށް ލީމެއި މި ހިސާބުން މިކަން ނިމެނެއި. އެކަމަކި އެހެން ނިވޭހެއްތާ، މީ 18 ވަނަ ގަރުނަށް ނުންމެއި ސައިޓަށް ބްލޮކް ކެރިމެއި އެހިސާބުން އެކަން ހުއްޓަލާއް.

ގޮޅިއަށް ނިލާހިކަސް ފާސްޓް ކޮށް އިންޓަނެޓް ތެބެލިބެއި. އަދި މިކޯ ބައެއް ނޫސްތަކި އަފިރިންގެ ވާހަކަ ޖަހައި އަފިރިންނަށް އިތިރި މަޤްބޫލުކަން ތެބެލިބެއި.

ދެން މެހެއިތާން އަފިރިން ލޭމުން އައި އަނިޔާ ލިބެމުން އޭ މީހުންގެ ވާހަކަ މެއި. ބޭއިންސާފުން ޖަލަށް ލާފެއި ތިބި މީހުން ދޫކޮށްލާއް ވާހަކަ ދައްކާ ދެން ކެހެއި ފަސޭހަ ވޭހެއް. އެވެންނާއި އެއްކޮށް ޖަލި މެއި ނޫހާ މިއޮތީ.

އައްޑޫލައިވް ނޫހާ ކޭ އެންމެންނަށާއި އައްޑޫ ހުށިހެއި ރައްޔިތުންނަށް ދޭއް އޮތް ޔަގީން ކަމަކީ، މި ނޫހާ "ކުދު ގޮޅިއެއި" އޮތަސް ހަމަ ކުރިނަސް ގިނާސްދިން ލެކަށް، މަގި ފެންބޮނޑޮ ވެގެން ނިހިނގޭ ވާހަކާއި، ދެވޭލެ ދެކެޑުން ކަރަންޓު ކަނޑާ ވާހަކަ އެއި މިތެއި ތިބި ޖަނެރޭޓަރަ ވަގަށް ނަގާ ވާހަކަ ލޭނެށުމާ. އަދި އީސީސީ ދޯގައް ވާހަކަސް ދައްކާށުމާ. ވައްކަން ކެރާ ވާހަކާއި ހުކުން ވިއްކާ ފަނޑިޔާރުންގެ ވާހަކަ ލޭނެށިޔެ. އަސަރައް ކޮށްލާނެއި.

ތެ ރައްޔިތުންނަށް ދިމާވެފެއި ތިބި ދަތިކަންތައް ތަކުގެ ވާހަކަ އަފިރިން އަބަދަށަސް ދައްކާށުމާއު. ތަފިރިން އެންމެންނަށް ވަރަށް ސަލާން! ގޮޅިއެއި އިންޓަނެޓް ވަރަށް ފާސްޓް! ޑީސީއަށް ނިވެއި!