Last Updated: July 27, 06:11
Saturday, July 27, 2024
އައްޑޫ ބަހުން

ޱފޭދޫ ބިން ހިއްކާއް ކަންނެ ބޯޓު ބާއި!

ފޭދޫގެ ބިން ހިއްކާއް ވެގެން ގިނާ ކަންނެ ބޯޓު ފޭދޫ އަށް ބާއި.

އަދަ ހަވީރެއި 3 ޖަހާހިކަށް ވޭލެއި ކަންނެ ބޯޓު ފޭދޫ ބަނދަރާއި ދިމާއް ކަވަރި ކެޑެކޯ އެމަންޒަރަ ބަލާއް ފޭދޫ ގިނަ ބާކިޔެ އެއްވިޔެ.

މައުލޫމާތު ލިބިފެއިވޭ ގޮތެ މި ކަންނެ ބޯޓުން ފޭދޫ ބިން ހިއްކާއް މާދުމެއި ފަށާށިޔެ.

ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލަކޮށްފެއި ވެނީ ނެދަލޭންޑްސް އެއި ވެން އޫޑް ކުންފުނިޔެއި.

ފޭދޫ އިން 50 ހެކްޓަރަ ބިން ހިއްކާއް ހަމަޖެހިފެއިވޭކޯ 1680 މީޓަރުގެ ސަރަހައްދަކި ބޮނޑޮ ހެލަ ޖަހާއް ވެނީ ނިންމަފެއި.