Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކުދުކުދިންގެ ދުވަހާއި ދިމާކޮށް ފާސްޓް ފުޑް އިން "ޗިލްޑްރެންސް ޑޭ ސްޕެޝަލް"

އައްޑޫ ސިޓީ ހިތަދޫ ގިނަ ބާކިންގެ މަޤްބޫލުކަން ހޯދަފެއިވޭ "ފާސްޓް ފުޑް" އިން ކުދުކުދިންގެ ދުވަހާއި ދިމާކޮށް “ޗިލްޑްރަންސްޑޭ ސްޕެޝަލް" ނަމި ޚާއްސަ ޕްރޮމޯޝަނަށް ކުރިއަށް ތެެބެ ގިނެތާ.

އަދުން (މެއި 9) ފެށިގެން 11 ވަނަ ދުވަހާއި ހަމާއް ކުރިއަށް ގިނޭ މި ޕްރޮމޯޝަނި އެތެރެ އެންމެ ގިނައިން ޕިއްޒާ އޯޑަރަ ކެރާ މީހަކާއް 8 ބާކިންގެ ރެއިގަނޑި ކެއުމަށް ދޭ ގޮތަށް ވެނީ ހަމަޖެހިފެއި.

ފާސްޓް ފުޑް މަޝްހޫރު ވެފެއި ވެނީ އެންމެ އަވަހަށް އެންމެ މީރި ކާޔޭ ޑެލިވަރީ ކޮށްދޭ ބާކިންގެ ގޮތެ.

މިކަލަސް “ލިޓަސް ފާސްޓްފުޑް މެގަ ޕްރޮމޯ 2016″ ގެ ނަމި ފާސްޓް ފުޑް އެއި ޕްރޮމޯޝަނަށް ކުރިއަށް ތެބެއެއި. އެޕްރީލް 9 ވަނަ ދުވަހުން ފައްޓަގެން ކުރިއަށް ގިނޭ އެ ޕްރޮމޯޝަން ނިންމަލާނެއި އޮގަސްޓް މަހި.

މި ޕްރޮމޯޝަނި ލިބޭ އިނާމުތައް:

1 ވަނާއް ހޮވޭ މީހަކާއް ލިޓަސް އިން ދޭ ވޭވް 110 ގެ މޮޑެލް އެއި ސައިކަލަށް ލިބޭހެއް.
2 ވަނާއް ހޮވޭ މީހަކާއް ހައިޑްރޯ ޑެކޯ ހޯމްކެއާ އިން ދޭ ސޯފާ ސެޓް.
3 ތިން ވަނަ އިނާމަކަށް އައިލޭންޑް ބުކްޝޮޕްއިން ދޭ 42 އިންޗީގެ އެލްސީޑީ ޓީވީއަށް.
4 ވަނަ އިނާމަކަށް ޗާންދަލިއާ އިން ދޭ އޮޓޯ މެޝިނައް.
5 ވަނަ އަށް ސްކައި ސިކްސްއިން ހުށަހަޅަފެއި ވެނީ މާލޭ/ގަން ދެކެޑެ ޓިކެޓް.

މީގެ އިތިރަށް މި ޕްރޮމޯޝަނި ކޮންމި ހަފްތާކި ހެނެހިރި ދުވެހި ނަސީބުވެރި 2 ބާކިން ހޮވަފެއި އިނާމު އެނީ ހަވާލަ ކެރަމުން. އިނާމު ލިބޭ މީހުންގެ މައުލޫމާތު ފާސްޓް ފުޑް އެއި ފޭސްބުކް ޕޭޖް އެއި ހިންނެހެއް.