Last Updated: May 11, 17:32
Sunday, May 11, 2025
މުނިފޫހިފިލުވުން

"ޕްރިޒަން ބްރޭކް" ގެ ރައިޓްސް އަނިލް ގަނެފި

ހޮލީވުޑްގެ މަޝްހޫރު ޓީވީ ސިލްސިލާ "ޕްރިޒަން ބްރޭކް" ގެ ހިންދީ ވާޝަންއެއް ބެލުންތެރިންނަށް ގެނެސް ދިނުމަށްޓަކައި، އޭގެ ރައިޓްސް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ގަނެފި އެވެ.

އަނިލް މުހިއްމު ރޯލެއް ކުުޅުނު ހޮލީވުޑް ސީރީޒް "24" ގެ ހިންދީ ވާޝަންގެ ފުރަތަމަ ސީޒަން ވެސް ނިންމާލައި، އޭނާ މިހާރު އަންނަނީ އޭގެ ދެވަނަ ސީޒަންގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ސްލަމްޑޮގް މިލިއަނާ" އާއި "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް" ފަދަ ހޮލީވުޑް ފިލްމްތައް ކުޅެފައިވާ 59 އަހަރުގެ އެކްޓަރު ބުނީ "ޕްރިޒަން ބްރޭކް" އަކީ އޭނާގެ އެންމެ ފެވަރިޓް އެއް ސިލްސިލާ ކަމަށެވެ.

"އަހަންނަށް ހަމަ ޔަގީން އިންޑިއާގެ ރަހަތަކާ އެކު އޭގެ ހިންދީ ވާޝަނެއް ގެނެސްދީފި ނަމަ ބެލުންތެރިންނަށް ވަރަށް ކަމުދާނެކަން،" އޭނާ ބުންޏެވެ.

އަނިލް ބުނީ ފޮކްސް ނެޓްވާކްގެ "ޕްރިޒަން ބްރޭކް" ގެނެސް ދޭނީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ "24" ގެ ދެވަނަ ސީޒަން ބެލުންތެރިންނަށް ދޫކޮށްލުމަށް ފަހު، ވަރަށް ބޮޑަށް އެއަށް ތައްޔާރުވެގެން ކަމަށެވެ.

PRISONBREAK_TVE_RETINA_2560x1450_1280x725_542604867845

"ޓްވެންޓީފޯގެ މަސައްކަތް ނިންމާލެވުމާ އެކު ޕްރިޒަން ބްރޭކްގެ މަސައްކަތްތައް ތައްޔާރު ވާން ފަށާނަން،" އަނިލް ބުންޏެވެ.

ކާޓޫން ކެރެކްޓާތަކެއް ހިމެނޭ ހޮލީވުޑްގެ މަޝްހޫރު ޓީވީ ސިލްސިލާ "ފެމިލީ ގާއި" ގެ އާ ސީޒަންގައި ހިމެނޭ ކެރެކްޓާއަަކަށް ވެސް އަނިލް ވަނީ ދާދި ފަހުން އަޑު އަޅައިފަ އެވެ.

އޭނާ ވަނީ ޑަބިންގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް އިސްޓަގްރާމްގަައި ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ.