Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ބަރަހަނާ ވެބްސައިޓްތައް އޮގަސްޓްގައި ބްކޮލް ކުރަނީ

ބަރަަހަނާ މަންޒަރު ދައްކުވައިދޭ ވެބްސައިޓްތައް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބްލޮކް ކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ވެބްސައިޓްތައް ބްލޮކް ކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމާ އެކު އެ މަސައްކަތްތައް ނިމި އޮގަސްޓް މަސްތެރޭގައި މިކަމަށް އަމަލީ ސިފައެއް ގެނެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ބޭނުން ވަނީ ބޭއަދަބީ މަންޒަރުތައް ހުންނަ ހުރިހާ ވެބްސައިޓެއް ބްލޮކް ކުރަން ކަމަށެވެ.

"އެފަދަ ގިނަ ސައިޓްތަކެއް ބްލޮކް ކުރެވޭނެ. ނަމަވެސް ހުރިހާ ސައިޓްތަކެއް ބްލޮކް ކުރުމަކީ ޓެކްނިކަލީ ޕޮސިބަލް ކަމެއް ނޫން. މިފަދަ އެތައް މިލިއަން ވެބްސައިޓެއް އެބަހުރި،" އުމަރު ވިދާޅުވި އެވެ. "މިފަދަ ސައިޓްތައް ދުނިޔޭގެ ގިނަ ގައުމުތަކުން ބްލޮކް ކުރާތީ އެކަން ކުރާ މީހުން ވެސް އެބްލޮކް ނުވާނެ ގޮތައް ކަންކަން ކުރޭ. އެހެން ނަމަވެސް މިފަދަ ގިނަ ސައިޓްތައް އޮގަސްޓް މަހު ބްލޮކް ކުރެވޭނެ."

މިނިސްޓަރު ވިދާޅުވީ ދާއިމީ ގޮތަަކަށް ވެބްސައިޓްތައް ބްލޮކް ކުރަން ޚަރަދުތަކެއް ވެސް ހިނގާ ކަމަށާއި އެކަމަށް ހިނގާނެ ޚަރަދުތަކާއި ބޭނުންވާ އިތުރު ކަންކަން ދެނެގަތުމަށް މިހާރު ދިރާސާއެއް ހަދަމުން ގެންދާ ކަމަށެވެ.