ކަލާޒް ޗެނަލުން ގެނެސްދޭ މަޝްހޫރު ރިލިއަޓީ ޝޯ "ބިގް ބޮސް" ގެ 10 ވަނަ ސީޒަންގެ ހޯސްޓަކަށް ވެސް ސަލްމާން ހާން ހަމަޖައްސައިފި އެވެ.
އާންމުންގެ މެދުގައި ވަރަށް މަގުބޫލް މި ޝޯގެ 10 ވަނަ ސީޒަންގެ އެގްރިމަންޓްގައި ސަލްމާން މިހާރު ސޮއިކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާ ސޮއި ކުރީ ބޮޑު އަދަދަކަށް ކަމަށްވެ އެވެ.
"ބިގް ބޮސް 10" މި އަހަރުގެ ފަހުކޮޅުގައި ދައްކަން ފަށާ އިރު، ކުރީގެ ސީޒަންތަކާ ހިލާފަށް މި ފަހަރު އާންމު ފަރާތްތަކަށް ވެސް ބައެިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެގޮތުން ޝޯ އަށް ނަން ނޯޓް ކުރަން އެދި ކަލާޒުން މިހާރު އަންނަނީ އިޝްތިހާރެއް ވެސް ދައްކަމުންނެވެ.
"ބިގް ބޮސް" ގައި އާންމުކޮށް ބައިވެރި ވަނީ ސެލެބްރިޓީންނެވެ. އޭގެ ތެރޭގައ ފިލްމީ އަދި ޑްރާމާ ކުޅޭ ތަރިންނާއި ފެޝަން ޑިޒައިންރުންނާއި އަދި އެ ނޫން ވެސް ދާއިރާއިތަކުން މަޝްހޫރު މީހުންނެވެ.
ޝޯގައި ދައްކައި ދެނީ ސެލެބްރިޓީންތަކެއް ތިން މަސް ވަންދެން އެއް ގެއްގެ ތެރޭގައި އުޅޭ ގޮތެވެ.
"ބިގް ބޮސް 9" ކާމިޔާބުކޮށްފައި ވަނީ ޕްރިންސް ނަރޫލާ އެވެ.