Last Updated: April 20, 13:23
Saturday, April 20, 2024
ވިޔަފާރި

ދެ ބްރޭންޑެއްގެ މޭވާ ދަޅު އެސްޓީއޯ އިން ވިއްކަން ފަށައިފި

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ދަޅުކާނާގެ ދެ ބްރޭންޑެއް ނެރެ ވިއްކަން ފަށައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި މި ފަހަރު ތައާރަފުކޮށްފައިވާ ދަޅުކާނާގެ ދެ ބްރޭންޑަކީީ "ޓުވިން އެލެފެންޓްސް" ބްރޭންޑާއި "ރޯސްޓް ކޮލެޓީ" ބްރޭންޑްގެ މޭވާ ދަޅެވެ.

މިއީ ތައިލެންޑާއި ދެކުނު އެފްރިކާގެ ބްރޭންޑްތައް އެސްޓީއޯ އިން ވިއްކަން އެ ކުންފުނީގެ ލޯގޯ ޖަހައިގެންނެވެ.

"ޓްވިން އެލެފެންްޓްސް" މޭވާ ދަޅުގެ ތެރޭގައި ރަނބުސްތާނާއި ލައިޗީ އާއި ސައްކެޔޮ ފަދަ ބާވަތްތައް ހިމެނެ އެވެ.

އެސްޓީއޯއިން ބުނީ "ރޯސްޓް ކޮލިޓީ" އަކީ މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ވިއްކި އުފެއްދުމެއް ކަމަށެވެ. އެ ބްރޭންޑްގެ މޭވާ ދަޅުގެ ތެރޭގައި ހިމެނެނީ ފުރުޓް ކޮކްޓެއިލާއި ޕިއާސް އަދި އެޕްރިކޮޓާއި ޕީޗެވެ.