އައްޑު އާއި ފުވައްމުލަކުގެ ބަހުގެ ހިދުމަތް އިފުތިތާހު ކުރަން މިރޭ ބާއްވާ ރަސްމިއްޔާތުގައި "މޯލްޑިވިއަން އައިޑޮލް" ގެ ގަދަ 10 ގައި ވާދަ ކުރި ތިން ބައިވެރިއަަކު މިރޭ ފަފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޕަފޯމް ކުރަން ހަމަޖެހިފައިވާ ތިން ބައިވެރިންނަކީ އިބްރާހިމް އަމަން، އާއި އަބްދުﷲ ސޯދިގްގެ އިތުރުން މުހައްމަދު ޒަލީފެވެ.
މި ތިން މީހުން ވެސް މިހާރު ތިބީ އައްޑޫގަ އެވެ. އެ މީހުން ތިބެނީ ގަމުގެ އީކްއޭޓަ ވިލެޖްގަ އެވެ.
އެ ތިން ފަންނާނުންގެ އިތުރުން މިރޭ ކަބާން ބޭންޑުގެ ހުށަހެޅުންތަކެއް ވެސް މިރޭ ފެނިގެން ދާނެ އެވެ.
ފޭދޫ ބަނދަރު ސަރަހައްދުގައި ބާއްވާ ރަސްމިއްޔާތު ފަށާނީ މިރޭ 9:00 ގަ އެވެ.