Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

މަތީ ތައުލީމަށް 10 ފުލުހަކު އިންޑިއާ އަށް ފުރައިފި

ފުލުހުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންނަށް ލިބުނު ސްކޮލަޝިޕް ފުރުސަތުތަކެއްގައި މަތީ ތަޢުލީމު ހާސިލް ކުރުމަށް 10 ފުލުހަކު އިންޑިޔާއަށް ފުރައިފި އެވެ.

އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގެ ފަރާތުން ފުލުހުންނަށް ލިބުނު 10 ސްކޮލަޝިޕް ފުރުސަތުގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ފުލުހުން އިންޑިޔާއަށް ފުރާފައިވަނީ އޮގަސްޓް މަހުގެ 19 އަދި 26 ވަނަ ދުވަހު އެވެ.

ފުލުހުންނަށް ލިބުނު މި ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ އެއް މާސްޓަރސް އަދި ނުވަ ޑިގްރީ ޕްރޮގްރާމެކެވެ.

އެގޮތުން މި ސްކޮލަޝިޕްތަކުގެ ތެރެއިން ދެ ކޯހެއްގެ ޓިއުޝަން ފީ އާއި އަށް ކޯހެއްގެ 50 އިންސައްތަ ޓިއުޝަން ފީ ދިނުމަށް ހަމަޖެހިފައިވަނީ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީންނެވެ.

މި ފުރުސަތުތަކުގެ ތެރެއިން އެޔުނިވަރސިޓީން 100 އިންސައްތަ ޓިއުޝަންފީ ހަމަޖައްސާފައިވަނީ ފޮރެންސިކް ސައިންސް އާ ގުޅުންހުރި ދެ ކޯހަކަށެވެ.

މި ސްކޮލަޝިޕްތަކަށް މުވައްޒަފުން ހޮވާފައިވަނީ ކޯސްތަކަށް ޝައުޤުވެރިވާ މުވައްޒަފުން ހޯދުމަށް ޢިއުލާންކުރުމަށްފަހު ކޯހަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބުނު މުވައްޒަފުންނެވެ.

އެގޮތުން މި ސްކޮލަޝިޕްތަކަށް ހޮވޭ މުވައްޒަފުންނަށް ފުލުހުންގެ މުއައްސަސާގެ ފަރާތުން އިންޑިޔާއަށް ދިޔުމަށް ދެކޮޅު ޓިކެޓާއި އެމުވައްޒަފެއްގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރައާއި އެލަވަންސްތައް ވަނީ ހަމަޖައްސައި ދީފަ އެވެ.

1. ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލް: މާސްޓަ އޮފް ފޮރެންސިކް ސައިންސް

2. ޕޮލިސް ސާޖަންޓް ސުޖާޢު އަދުނާން: ބީޓީއީސީ އިލެކްޓްރިކަލް އިންޖީނިއަރިން

3. ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަހްމަދު ޢަބްދުލް ރަޙްމާން: ބީޓީއީސީ އޮޓޯމޯބައިލް އިންޖީނިއަރިން

4. ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު އަޝްރަފް: ބެޗްލަ އޮފް ކޮމްޕިއުޓަރ ސައިންސް

5. ޕޮލިސް ސާޖަންޓް މުޙައްމަދު އަޙްމަދު: ބެޗްލަ އޮފް ސައިންސް އިން ފޮރެންސިކް ސައިންސް

6. ޕޮލިސް ސާޖަންޓް އަޙްމަދު ސަޢީދު: ބީޓީއީސީ ސިވިލް އިންޖީނިއަރިން

7. ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙުސައިން ފިރާޒް: ބެޗްލަ އޮފް ޖަރނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން

8. ޕޮލިސް ސްޓާފް ސާޖަންޓް ޝަހުދު ޢަބްދުﷲ: ބެޗްލަ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަންސް

9. ޕޮލިސް ސާޖަންޓް މުޙައްމަދު އިބްރާހިމް: ބެޗްލަ އޮފް ފިޒިކަލް އެޑިއުކޭޝަން، ހެލްތު އެޑިއުކޭޝަން އެންޑް ސްޕޯޓްސް

10. ޕޮލިސް ލާންސް ކޯޕްރަލް އިސްމާޢީލް ޝަފީޤް: ބެޗްލަ އޮފް ސައިންސް އިން ބައޯޓެކްނޮލޮޖީ