Last Updated: May 17, 07:03
Friday, May 17, 2024
ސިޔާސީ

އެމްޔޫއޯގެ އައްޑޫ "މަގަ ފާތިހާ" މާދަމާ

އިދިކޮޅު އިއްތިހާދު އެމްޔޫއޯ އިން އައްޑޫގައި "މަގަ ފާތިހާ" ގެ ނަމުައި ހާއްސަ ހަރަކާތްތައް ބާއްވަން ނިންމައިފި އެވެ.

މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު ހިތަދޫ އެމްޑީޕީ ހަރުގެ ސަރަހައްދު މަގުމަތީގައި ބާއްވާ ހަވީރު ސަޔަކާ އެކުގަ އެވެ.

އޭގެ އިތުރުން ހިތަދޫގައި ހާއްސަ ވެހިކަލް ބުރެއް ވެސް ބާއްވާނެ އެވެ.

މީގެ އިތުރުން މި މަހުގެ 31 ވަނަ ދުވަހު ރޭ ހިތަދޫގައި ކަންމަތީ ބައްދަލުވުމެއް އޮންނާނެ ކަމަށް އެމްޔޫއޯ އިން ބުންޏެވެ.

ކަންމަތީ ބައްދަލުވުން އޮންނާނީ އެރޭ އެމްސީ މާޓް، ނިއުސީޒަން ސަރަހައްދުގަ އެވެ.

ހަމަ މިއާ އެކު އަންނަ މަހުގެ ދެ ވަނަ ދުވަހު ހަވީރު އެމްޑީޕީ ފޭދޫ އޮފީސް ސަރަހައްދުން ފެށިގެން ގުޅިފައިވާ ރަށްތަކުގައި ބޮޑު ވެހިކަލް ބުރު އޮންނާނެ ކަމަށް ވެސް އެމްޔޫއޯ އިން ބުންޏެވެ.

މި ވެހިކަލް ބުރުގައި އެމްޔޫއޯ އަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އިއްތިހާދުން އެދިފައިވެ އެވެ.