Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އެމްޑީޕީ އާއި އަދާލަތުގައި ރައީސްއެއް ނެތް: އިލެކްޝަން

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ރައީސަކު މިވަގުތު ނުހުންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އަމިއްލަ ފަރާތަކުން އިލެކްޝަން ކޮމިޝަނަށް ފޮނުވި ސިޓީ އަކާއި ގުޅިގެން އިލެކްޝަނުން ބުނީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ރައީސަކު ނެތީ އެ ދެޕާޓީގެ ރައީސުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާތީކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިރު އިމްރާން ވަނީ 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އަދި ނަޝީދުއަށް ވަނީ 13 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައެވެ.

އިމްރާން އާއި ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވާ އިރު ރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 63 ވަނަ މާއްދާއަށް އިސްލާހު ގެނެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއްގައި ހުންނަ މީހަކަށް ޖަލު ހުކުމެއް އަތުވެއްޖެ ނަމަ އެމީހެއްގެ މަގާމު ގެއްލޭ ގޮތް ވަނީ ހަދާފައެވެ.