Last Updated: April 23, 23:56
Wednesday, April 24, 2024
ވިޔަފާރި

އައްޑޫން ސިމެންޓް ހުސްވެއްޖެ

އައްޑޫން ސިމެންޓް ހުސްވެގެން ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ހުރަސް އެޅިއްޖެ އެވެ.

އައްޑޫގައި އާންމުކޮށް ސިމެންޓް ވިއްކަނީ އެސްޓީއޯ އާއި ހިތަދޫ އެޕޯލޯއިންނެވެ. އެހެން ނަމަވެސް އެ ދެ ތަނުން ވެސް ސިމެންޓް ހުސްވެފައިވާތާ މިހާރު ދުވަސްކޮޅެއްޖެ އެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އައްޑު އަށް ސިމެންޓް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އައްޑު ސިމެންޓް ޝިޕްމަންޓެއް ލިބޭނެ ކަމަށެވެ.

ސިމެންޓް ލިބުން ދަތިވެގެން ކޮންްސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.

"ޑިމާންޑާ އެއްވަރަށް ނުގެނެވޭތީ މި މައްސަލަ ދިމާވަނީ. ސަރުކާރުގެ ކުންފުންޏަކުން މިކަހަލަ ވިޔަފާރިއެއް ކުރާ އިރު، ޑިމާންޑާ އެއްވަރަށް އަބަދު ސަޕްލައިކޮށް ދެވެން ޖެހޭނެ. އެހެން ނޫނީ މަސައްކަތްތައް ހުއްޓީ ދިގުލައިގެން ދާ ގޮތް ވާނީ،" ހިތަދޫގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ބުންޏެވެ.

އޭނާ އަދި ބުނީ އައްޑޫގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ގިނަ ކުންފުނިތައް އެންމެ ބޮޑަަށް ބަރޯސާވަނީ އެސްޓީއޯ އަށް ކަމަށްވާތީ، ހުސް ނުވެ ސިމެންޓް އައްޑޫން ލިބޭނެ އިންތިޒާމް އެސްޓީއޯ އިން ހަމަޖައްސައި ދޭން ޖެހޭ ކަމަށެވެ.