Last Updated: October 21, 22:25
Thursday, October 21, 2021
ސިޔާސީ

ސަރުކާރާ މަޝްވަރާ ކުރަން އެމްޑީޕީ މިހާރު ތައްޔާރު!

މިދިޔަ ހުކުރު ދުވަހު ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމަނައި، ސިޔާސީ ޕާޓީތަކާއި އެކު ސަރުކާރުން މަޝްވަރާ ކުރުމަށް ގޮވާލުމާއި ގުޅިގެން އިދިކޮޅު ޕާޓީ އެމްޑީޕީން ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީން އެގޮތަށް ނިންމާފައިވަނީ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖްލީހަށް ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ހުށަހެޅުއްވުން ބައިވެރިވި 39 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓާއި އެކުއެވެ.

ޝިފާޒް ވިދާޅުވީ، ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަކީ އުފާ ކުރާކަމެއް ކަމަށާއި، ސަރުކާރަށް ގޮތް ހުސްވެފައިވާ މިފަދަ ދަނޑިވަޅެއްގައި ސީމެގުން ގޮވާލާފައިވާ ގޮތަށް މަޝްވަރާއަށް ދާން ޖެހޭ ކަމަށެވެ. ނަމަވެސް މަޝްވަރާއަށް އެމްޑީޕީން އިށީންނާނީ ބައިނަލް އަގްވާމީ މަންދޫބަކާއި އެކު ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، އެމްޑީޕީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން ގުޅިގެން ގިނަ މަސައްކަތެއް ކުރެވުން އަންނަ އިރު އޭގެ ނަތީޖާ ރަނގަޅު ކަމަށް ފެންނަ ކަމަށެވެ.

ރޭގެ ގައުމީ މަޖްލީހުގައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ކެންޑިޑޭޓުން ނެރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުޮށްފައެވެ.