މިއަދު ފާހަގަ ކުރަމުން އަންނަ ދިރާގުގެ 28 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިރާގުގެ ކަސްޓަމަރުންނަށް 28 ޕަސަންޓް އިތުރު ޑޭޓާ ހަދިޔާކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ދިރާގުގެ ހުރިހާ ބްރޯޑްބޭންޑް ޕްލޭންތަކާއި، މޯބައިލް ޑޭޓާ ޕްލޭންތަކަށް 28 ޕަސަންޓް އިތުރު ޑޭޓާ އާއި މުޅި މަހަށް ހުރިހާ ޑޭޓާ އެކްޓިވޭޝަނަކާއި އެއްކޮށްވެސް 28 ޕަސަންޓް ޑާޓާ ހިލޭ ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ މުވާސަލާތީ ކުންފުންޏަށް 28 އަހަރުވީ އިރު، ދިރާގަށް ކެނޑިނޭޅި ދޭ އިތުބާރާއި އެއްބާރުލުމަށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލެސް އާއި ދިވެހި ސަރުކާރު ހިއްސާވެގެން ދިރާގު އުފެއްދީ އޮކްޓޯބަރު 1، 1988 ގަ އެވެ.