Last Updated: April 26, 06:56
Friday, April 26, 2024
ސިޔާސީ

ޕާޓީ މަޝްވަރާތަކަށް ހުރަސް ކުރިމަތި ނުކުރޭ: އެމްޑީޕީ

ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ވާހަކަތައް ދެއްކުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން ތަކުރާރުކޮށް ޢަމަލު ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑިވުން ފާޅުކޮށްފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކާ ދެމެދު ވާހަކަތައް ދެއްކުން ކުރިއަށް ދިއުމުގައި ހުރަސްއެ ޅޭ ގޮތްތަކަށް ސަރުކާރުން ޢަމަލު ނުކުރަންމ ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް އޮފީހުގެ މެންޑޭޓުން ބޭރުން، ޕާޓީގެ އެތެރޭގެ ކަންކަން ކުރަން ޖެހޭނޭ ގޮތްތައް އަންގައި، ތަފާތު ގިނަ ބަހަނާތައް ދައްކަވައި އަދި ޝަރުތުތައް ކުރިމަތިކޮށް ރައޫސް އޮފީހުން އެމްޑީޕީ އަށް ސިޓީތައް ފޮނުވަމުންދާ ކަަމަށެވެ.

"ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ވާހަކަތައް ދެއްކުމުގައި އެމް.ޑީ.ޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނޭ ފަރާތްތަކެއްގެ ނަންފުޅުތައް ހުށަނޭޅެނީސް، އެ ނަންފުޅުތައް ހުށަހެޅުމުގައި ޕާރޓީގެ އެތެރެއިން ޢަމަލުކުރަންޖެހޭ ގޮތްތައް ސަރުކާރުން ވިދާޅުވުމަކީ ސަރުކާރުގެ މެންޑޭޓުން ބޭރުން މި ޕާޓީގެ އެތެރޭގެ ކަންކަމާ ނަހަމަ ގޮތުގައި ބެހިވަޑައިގަތުމެވެ." ބަޔާނުގައިވެ އެވެ. "އަދި ކުރިން ޝަރުތުތައް ކުރިމަތި ކުރުމެއް ނެތި ވާހަކަތައް ފެށުމަށް ސީމެގުން ގޮވާލުމުން، ސަރުކާރުން ޝަރުތުތައް ކުރިމަތި ނުކުރައްވާނޭ ކަމަށް ވިދާޅުވުމަށްފަހު، މިހާރު އެކި ޒާތްޒާތަށް ޝަރުތުތައް ކުރިމަތިކުރައްވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މިކަމަކީ ސަރުކާރާއި ސިޔާސީ ޕާރޓީތަކާ ދެމެދު ވާހަކަތައް ދެއްކުން ކުރިއަށް ދިއުން ޚަރާބު ކުރެއްވުމުގެ ނިޔަތުގައި ސަރުކާރުން ގަސްދުގައި ކުރައްވާކަމެއްގެ ގޮތުގައި މި ޕާޓީން ދެކެމެވެ."

އެ ޕާޓީން އަދި ބުނީ ދެ ފަރާތުން ދޫދީގެން ވާހަކަތައް ދެއްކުން ފެށުމަށް މަގުފަހިވާނޭ ގޮތްތަކަށް ޢަމަލު ކުރުމުގެ ބަދަލުގައި، ސަރުކާރުން ވާހަކަތައް ދެއްކުން ފެށުމަށް ހުރަސް އެޅޭ ގޮތްތަކަށް ޢަމަލު ކުރަމުން ގެންދާކަން ފާހަގަ ކުރެވޭ ކަަމަށެވެ.

"މިފަދަ ގޮތްތައް ދޫކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށާއި ރާއްޖޭގެ ޙާލަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ވަގުތުން މަސައްކަތް ކުރެއްވުމަށާއި، ކޮމަންވެލްތުން ދިވެހިރާއްޖެ ސަސްޕެންޑްކޮށް ރާއްޖެއާ މެދު އަޅައިފާނެ ފިޔަވަޅުތަކަކުން ސަލާމަތްވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.