Last Updated: April 30, 06:17
Tuesday, April 30, 2024
ކުޅިވަރު

މިނިވަން މުބާރާތުގެ ފައިނަލް ތިމަރަފުށްޓާއި ކުޑަހުވަދޫގައި

2016 މިނިވަން ޗެޕްމިއަންޝިޕް ތަށި ފޭދޫ ޓީމުން އުފުލާލަލީ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ފޭދޫ ޓީމް ދެ ފަހަަރަށް ހޯދާފައިވާތީ އެ މުބާރާތުގެ ފައިނަލް ބުރު އައްޑޫގައި ބާއްވައި ދޭން އެދި އައްޑޫ ސިޓީ ކައުންސިލުން އެފްއޭއެމަށް ސިޓީއެއް ފޮނުވާގައި ވަނިކޮށް މުބާރާތުގެ ފައިނަލް ބުރު ތ. ތިމަރަފުށްޓާއި އަދި ދ. ކުޑަހުވަދޫގައި ބާއްވަން ނިންމައިފި އެވެ.

ހުރިހާ ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ.

މި ބުރުގެ ގުރުއަތުލުން އެފްއޭއެމް ހައުސްގައި މާދަމާ އޮންނާނެ އެވެ.

ފައިނަލް ބުރުގައި ވާދަ ކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ އާއި ގއ. ދެއްވަދޫ، ތިމަރަފުށި، ކުޑަހުވަދޫ، އދ. މަހިބަދޫ، ބ. އޭދަފުށި، ނ. ލަންދޫ، ހދ. ހަނިމާދު އެވެ.

މި ފަހަރުގެ މުބާރާތުގައި މުޅި ރާއްޖޭން 75 ޓީމަކުން ބައިވެރިވި އެވެ.

އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ޗެމްޕިއަނުން ހޮވުމަށް ފަހު ދެން ކުޅުނީ ޒޯންތަކުގައި މެދުގައި ބުރެކެވެ. ފައިނަލް ބުރަށް ހޮވިފައި ވަނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަނުންނެވެ.

މި މުބާރާތުެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ފޭދު އެވެ.